މޫސުން އަދިވެސް ގޯސްވުމުން، ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މިއަދު ނެރެފައިވާ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން , ހުދު ސަމާލު ނެރެފައި ވަނީ 20:00އިން ފެށިގެން 01:00އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ގަޑިޔަކު ގާތްގަޑަކަށް 19 މޭލާ 24 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެ ގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭނގަޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.
މުޅި ރާއްޖެ އަށްތޯ ހުދު ސަމާލު ނެރުނީ؟