ޚަބަރު

މިފްކޯ ފިހާރަ ފަޅައިލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިފްކޯ މަސް ފިހާރަ ފަޅައިލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ،15 ދުވަސް ވާންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފިއެވެ.

Ads by Hajj Corporation

މިފްކޯގެ އެންމެ ބޮޑު މަސް ފިހާރަ ފަޅައިލީ، މި މަހުގެ 17 ވަނަ ދުވަހުގެ ދެ ނަމާދު ދޭތެރޭ ވަގުތުގައެވެ.

އެނގިފައިވާ ގޮތުގައި މިފްކޯ މަސް ފިހާރަ ފަޅައިލައިފައި އެ ދުވަހު 30،000އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އެ ރޭ ވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިމަހުގެ 18 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

Ads by Allied Insurance
  1. ބަކުރުބެ

    15 ދުވަސް ފަހުން ދޫކޮށްލާ ދެން