ޚަބަރު

އެންމެ ގިނައިން ސަބްމެރިން ދުއްވުމުގެ ރިކޯޑު ދިވެހި އަންހެނަކަށް!

ދެން އެމްވީ ، ދެން އޮންލައިން

ވޭލް ސަބްމެރިން މޯލްޑިވްސްގެ ޗީފް ޕައިލޮޓް އައިޝަތު އާމިރާ، އެންމެ ގިނައިން ސަބްމެރިން ދުއްވި މީހާގެ ދުނިޔޭގެ ރެކޯޑު ގާއިމް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by STELCO

ވޭލް ސަބްމެރިނުން ބުނާ ގޮތުގައި އާމިރާ ވަނީ މިދިޔަ މަހުގެ ނިޔަލަށް 3000 އެއްހާ ޑައިވްކޮށްފަ އެވެ. އެގޮތުން މިއީ ދުނިޔޭގެ ރިކޯޑެއް ކަމަށް ގަބޫލުކުރާ ކަމަށް ވޭލް ސަބްމެރިނުން ބުނެ އެވެ.

ވޭލް ސަބްމެރިނުން އިތުރަށް ބުނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން މި ޖާގަ ކަށަވަރުކުރުމަށްޓަކައި އާމިރާގެ ނަން މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!