ރައީސް ޔާމީނަކަށް ޝައުގެއް ނެތް، ޝެޑިއުލަށް ބަސް ދަތުރުތައް ކުރިޔަށް ދިޔަ: އާޒިމް
![](https://dhen.mv/wp-content/uploads/2021/12/mtcc-adam-850x548.jpeg)
ރޭ އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާއަށް މީހުން ދިއުމަށް ހުރަސް އެޅުމަށް، އެމްޓީސީސީއިން މާލޭގައި އޮޕަރޭޓް ކުރަމުން އަންނަ ބަސްތައް ހުއްޓައިލި ކަމަށް އިދިކޮޅުން ދައްކަވަމުން އަންނަ ވާހަކަތަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ރައްދު ދެއްވައިފިއެވެ.
ރޭގެ ޖަލްސާއަށް ކާނިވަލް ސަރަހައްދަށް ގިނަ ބަޔަކު ޖަމާވިއިރު، އަހަރުތަކެއް ފަހުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވެސް ޖަލްސާއަށް މީހުން އަޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށާއި މިގޮތުން، މާލޭ މޭޔަރު ގާތު ބައެއް މަގުތައް ބަންދު ކުރަން ދެންނެވި ކަމަށް ވިދާޅުވިއެވެ.
![](https://dhen.mv/wp-content/uploads/2021/12/photo_2021-12-03-20.44.32-1024x768.jpeg)
ރޭ އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް
އިދިކޮޅުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅުގެ ހަރަކާތްތަކަށް ޝައުޤުވެރި ކަމެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމަށާއި އެފަދަ ބޭފުޅަކަށް ޝައުޤުވެރިކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
"އެމްޓީސީސީގެ ހުރިހާ ދަތުރުތަކެއް ހުއްޓުމެއް ނެތި ރޭގައި ވެސް ކުރިޔަށް ދިޔަ" އާޒިމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
އާޒިމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ހުރިހާ ރައްޔިތުންގެ ރައީސެއް ކަމަށާއި ހުރިހާ ރައްޔިތުންނަށް އޯގާތެރި ޚިދުމަތެއް ދިނުމަށް ރައީސް ޞާލިޙް އަންގަވައިފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަންތައް ކުރަމުން އަންނަ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރޭ އިދިކޮޅުން ބޭއްވިި ޖަލްސާގައި ވަރަށް ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވިއެވެ. ޖަލްސާ ފެށުމުގެ އެތައް އިރެއް ކުރީން އިދިކޮޅުގެ ސަޕޯޓަރުން ވަނީ ކާނިވާ ސަރަހައްދު ފުރައިލައިފައެވެ.
ކުރިން ރައީސް ޔާމީނާ މެދުވެސް ހަމަތިހާ ފޮނިކޮށް ތިދުލުން ވާހަކަދެއްކި އަޑުއަހާފަ އެންމެންތިބީ އެދުވަސް ވެސް ފެނުނު އަދި އެހެން ދުވަހެއް ވެސް ފެންނާނެ
ސައުގެންނުހުންނާނެކަންއެގޭ ތިހުރީ ޓައިއަޅާފައެތްނު
މަނިކުފާނު ޟައުގުވެރިވާނެ ކަންކަން އިނގޭ، އިތރު ބަސްތަކަށް އޯޑަރު ޖަހާފިން އެއްކަލަބާހަމަޖެހޭނެ ދަބަހުގަ ގެންނަގޮތައް ހަމަޖެހިފައޮތީ.