ޚަބަރު

ޝިޔާމް، ރައީސް އަށް: ވައުދު ނުފުއްދޭ ސަބަބަކަށް ކޮރޯނާ ވައިރަސް ނުހައްދަވާ

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އޮތް ހުރަހެއްގެ ގޮތުގައި ކޮރޯނާ ވައިރަސް ނުހެއްދެވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ގޮވާލައިފިއެެވެ.

Ads by Hajj Corporation

ޝިޔާމް މިހެން ވިދާޅުވިއިރު ސަރުކާރުން ގެންދަނީ ވަރަށް ގިނަ ކަންތައް މަޑުޖެހިފައިވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަަރަކަށް ބެލުމަށްފަހު ކަމަށް ބުނަމުންނެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުގެ އާ އޮނިގަނޑުގެ މަސައްކަތް ވެސް ވަނީ މަޑުޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވީ ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެ އޮނިގަނޑުގެ މަސައްކަތް ވަނީ މަޑު ޖައްސާލާފައެވެ.

މާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖާ ބެހޭގޮތުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖް އެޅޭނީ ބްރިޖް އެޅޭނެ ކަމަށް ޤަބޫލުކުރާ ބަޔަކަށް ކަމަށާއި ބްރިޖް އަޅަން އެނގި ބްރިޖް އަޅަން ފައިސާ ހޯދަން އެނގޭ ބަޔަަކަށް ކަމަށެވެ.

"ބްރިޖް އެޅޭނީ ފުރަތަމަ ކަމަކަށް ބްރިޖް އެޅޭނެ ކަމަށް ޤަބޫލުކުރާ ބަޔަކަށް، ދެވަނަ ކަމަކަށް ބްރިޖް އަޅަން އެނގޭ ބަޔަކަށް، 3 ވަނަ ކަމަކަށް ބްރިޖް އަޅަން ފައިސާ ހޯދަން އެނގޭ ބަޔަަކަށް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ވިލިމާލޭ ބްރިޖް ވެސް ބިލާހަކަށް ވެފައިވާ ކަމަށާއި ހުރިހާ ވައުދެއް ނުފުއްދޭ ސަބަބަކަށް ކޮރޯނާ ވައިރަސް ނުހެއްދެވުމަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!