ޚަބަރު

ލީކުވި އިންތިހާބުގެ ތަހުގީގް ރިޕޯޓަކީ ސައްހަ ލިޔުމެއް ނޫން: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

ލީކުވި އިންތިހާބުގެ ތަހުގީގު ރިޕޯޓަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުލުހުން މިފަދައިން ވިދާޅުވީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވައިލިކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުރި ތަހުގީގަށް ފަހު އެކުލަވައިލި ރިޕޯޓެއް އިއްޔެ މީސް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.

އަދި އެ ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް"މި ނަމަކީ ގާނޫނު ނަންބަރު 34/2020 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަން ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމަށާއި އެ ލިޔުމަކީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދައިފައިވާ ލިޔުމެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓްގައިވާ ވާހަކަތަކާ މެދު ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދައިފައިވާ ލިޔުމެއްކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by HDC
  1. ލީކުވިއެއްޗެއް ނޫނެއްނު އަމިއްލަޔަށް ބަޔަކު ހަދަިގެން އުޅޭ ރިޕޯޓެއްނު.