މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން މީހަކު މަރުވެއްޖެ
މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން މީހަކު މަރުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހއ. އުލިގަމުގެ އުތުރުން 70 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން ގޮސް އެ މީހާއަށް އެހީތެރިވެދީފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 11:38 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އެހީގައި އެމީހާ ގެންދިޔައީ އއ. ދިއްދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަރުވީ އެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
މަރުވެފައިވާ އުމުރުން 44 އަހަރުގެ މީހާއަކީ އެ ދޯނީގެ ކެޕްޓަނެވެ.
Ads by Allied Insurance