ދުނިޔެ

އިންޑިއާ: މަރުވެފައިވާ މީހަކު ވެކްސިންގެ ދެވަނަ ޑޯޒް "ޖަހައިފި"

ދެން އެމްވީ ، ދެން އޮންލައިން

އުއްތަރަ ޕްރަދޭޝްގެ މުސްކުޅި އަންހެނަކު މަރުވެފައި ވަނިކޮށް، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް އޭނާ ޖެހިކަމަށް ވެކްސިން ސެންޓަރުގައި ރެކޯޑްކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި އުމުރުން 67 އަހަރުގެ އެ އަންހެން މީހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ މި އަހަރުގެ އޭޕްރީލްމަހުގައެވެ. އަދި ވެކްސިން ޖެހިތާ ހަފްތާއެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވިތާ އެތައް މަހެއް ފަހުން މި މަހުގެ 9 ވަނަ ދުވަހު އެ އަންހެން މީހާގެ ދަރިފުޅުގެ ފޯނަށް ، ވެކްސިން ސެންޓަރުން ފޮނުވި މެސެޖެއްގައި އޮތީ އެ އަންހެން މީހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފި ކަމަށެވެ.

މި ހާދިސާ ހިނގި އުއްތަރަ ޕްރަދޭޝްގެ ޖާންސީ ޑިސްޓްރިކްޓްގެ އިމިޔުނިޒޭޝަން އޮފިސަރު ރަވީ ޝަންކަރު އިންޑިއާގެ މީޑިއާތަކަށް ބުނެފައި ވަނީ އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން ގެންދާ ކަމަށެވެ. އަދި އެކަން ހިނގައިފައި ވަނީ އޮޅުމަކުންތޯ ނުވަތަ ގަސްދުގައިތޯ ބަލައި މީޑިއާއަށް މައުލޫމާތު ދޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮވިޑާ ގުޅިގެން އިތުރުވި ވެކްސިނާއި ކޮވިޑް ޓެސްޓް ފަދަ އެތައް ވިޔަފާރިއެއްގައި އިންޑިއާގައި ބޮޑެތި ކޮރަޕްޝަންތައް ހިނގަމުންދާކަމަށް އެ ގައުމުގެ މީޑިއާތައް ބުނެއެވެ.

Ads by Allied Insurance
  1. ޢަކު

    ތި ވާނީ އެކޮޅުން ޖެހީކަމަށް