ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފި
މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ އަމީނީމަގު މީރާ ކުރިމަތީ ގޯޅިގަނޑުގައި ބިދޭސީންތަކެއް މާރާމާރީ ހިންގައިގެން މިއަދު މެންދުރު 3:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އިތުރު ބިދޭސީއެއްގެ ކޮނޑުހުޅަށް އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މާރަމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
Ads by Allied Insurance