މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވުނު ކަމަށް އެއްބަސްވަން: ރައީސް ނަޝީދު
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވުނު ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް، ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރެއްވުމަށް ސަލްޓަން ޕާކުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އެމްޑީޕީން ކޮންމެ އިންތިހާބަކާ ދިމާކޮށް ވައުދުވާ ކަމަށާއި ނަމަވެސް މިއަދު އެވައުދު ނުފެއްދޭ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ބުނަމުންދާ ވާހަކަތަކަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިކަމާ ގުޅޭގޮތުން އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އޮތް ހައްލަކީ ގޯތި ދިނުން ކަމަށެވެ. އަދި ފްލެޓުގެ ނަމުގައި ހުޅުމާލޭގައި ހިންގާ މަޝްރޫޢުތަކަކީ ހައްލެއް ކަމަށް ނުފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ފްލެޓެއް އަޅައި ނިންމައި ވަދެވެނީ 7 ނޫނީ 10 އަހަރުން. ފްލެޓު ނިމޭއިރު ދައުލަތް ބޮޑު ތަނުން އޮންނަނީ ދަރައިފައި. އެގޮތުން މިއަދު ހުޅުމާލޭގެ ދަރަންޏަކީ 1.2 ބިލިޔަން ރުފިޔާ، މިދަރަނި އަދާކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް. އެކަން ސަރުކާރުން ކުރަންވެއްޖެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދު އޮތް ހައްލަކީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ކަނޑައިފައި ދިނުންކަމަށާއި މާލެއިން ބިމެއް ނެތް މީހުންނަށް ގޯތި ކަނޑައިފައި ކޮންމެ ތަނަކުން ނަމަވެސް ދައްކަން ޖެހޭ ކަމަށެވެ.
އަދިވެސް މާދަމާވެސް ތިކަހަލަ ބޮކަކަށް ފްލެޓްއަޅާނުދެވޭނެކަން ދިވެހިން ޔަގީންކޮފި.
ޔާމީނާއި ކެރަފާ ނަޝީދު އަކީ މިގައުމަށް ޖެހިފައިހުރި މުސީބާތެއް.
ޢުމަރު ވެރިކަމަށް ގެނެސްގެން ނޫނީ މިގައުމުގައި ހުރި ބޮޑެތި މަސްއަލަތައް ހައްލެއް ނުކުރެވޭނެ. އޭނާއަށް ކެރޭނެ.ހިއްވަރު ހުންނާނެ.ކުރަން އެނގޭނެ.އިޚުލާޞް ތެރިވާނެ.ތެދުވެރިވާނެ.