ލައިފްސްޓައިލް

ވަރަށް މަދުން ނޫނީ ނުފެންނަ ޕިންކް ހޭންޑްފިޝް 22 އަހަރު ފަހުން ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަރަށް މަދުން ނޫނީ ނުފެންނަ ޕިންކް ހޭންޑްފިޝް”، ޓަސްމާނީގެ އައްސޭރިފަށުން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

Ads by MWSC

ޕިންކް ހޭންޑްފިޝް އެންމެ ފަހުން ފެނުނީ 1999ވަނަ އަހަރު ޓަސްމާނިއާގެ ބޭރުންނެވެ. އޭގެ ފަހުން އަދި މި މަސް ނުފެންނަ ކަމަށް ބޭރުގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

ސައިންސްވެރިން ކުރިން ބުނެފައި ވަނީ މި މަހަކީ ހިޔާކޮށްފައިވާ ބައިތަކުގައި ދިރިއުޅޭ ބާވަތެއް ކަމަށެވެ. ނަމަވެސް މިހާރު މި މަސް ފެނިފައި ވަނީ ޓަސްމޭނިއާގެ ވައިލްޑް ސައުތު ކޯސްޓްގެ 150 މީޓަރު (390 ފޫޓު) އަޑިންނެވެ.

ޔުނިވާސިޓީ އޮފް ޓަސްމާނިއާގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ލީޑް ރިސާޗަރ އަދި މެރިން ބަޔޮލޮޖިސްޓް ނެވިލް ބެރެޓް ބުނި ގޮތުގައި މިއީ ވަރަށް ފޯރިގަދަ ހޯދުމެއް ކަމަށާއި، ޕިންކް ހޭންޑްފިޝް އަދިވެސް ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ޕިންކް ހޭންޑްފިޝްއަކީ އޮސްޓްރޭލިއާގެ މައި ބިމުގެ ދެކުނުން އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ޓަސްމާނިއާގެ ވަށައިގެން ފެންނަ 14 ވައްތަރުގެ ހޭންޑްފިޝްގެ ތެރެއިން އެއް ބާވަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!