ޚަބަރު

ޔުމްނާގެ ރައްދު ޝިޔާމަށް: ހުޅުމާލެއަކީ މައުމޫންގެ މަސައްކަތެއް، އޮޅުވައެއް ނުލެވޭނެ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަސައްކަތެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށް މައުމޫންގެ ދަރިކަލުން، އަދި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލެ އަކީ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސިޓީއެއް ކަމަށާއި އެއީ ޒުވާނުންނަށް އެމަނިކުފާނު ބިނާކޮށްދެއްވި ތަނެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝިޔާމްގެ މި ވާހަކަތަކަށް ރައްދުދެއްވައި ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ އަކީ ރައީސް މައުމޫންގެ ވިސްނުންފުޅެއް ކަމަށާއި އަދި އެމަނިކުފާނުގެ މަސައްކަތެއް ކަމަށެވެ.

"ހުޅުމާލެ އަކީ ރައީސް މައުމޫންގެ ވިސްނުންފުޅެއްކަމާއި މަސައްކަތެއްކަން އެއީ އެންމެނަށްވެސް އެނގޭ ހަޤީޤަތެއް. އެކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ." ޔުމްނާ ވިދާޅުވިއެވެ.

އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކެމްޕެއިން ޖަލްސާގައި ޝިޔާމް ވިދާޅުވީ، ހުޅުމާލެ އަށް "އެހެން ކުލަކުލައިގެ ކެންޑިޑޭޓުން" ކުރިމަތިލައްވަން ކަމުނުދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!