ދުނިޔެ

24 ގަޑިއިރު ތެރޭގައި ކޮވިޑް ބަލީގައި އިންޑިއާއިން 162 މީހުން މަރުވެއްޖެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން

އިންޑިއާއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 6987 މީހުން ކޮވިޑް-19އަށް ފައްސިވެ، 162 މީހުން އެ ބަލީގައި މަރުވެއްޖެއެވެ.

Ads by WAMCO

އެ ޤައުމުގައި މި ވަގުތު ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 76766އެވެ. އަދި 141 ކްރޯޑަށް ވުރެ ގިނަ ވެކްސިން ޑޯޒް އިންޑިއާއިން ވަނީ ދީފައެވެ.

ފެތުރުން ހަލުވިވަމުން އަންނަ އޮމިކްރޮން ވޭރިއަންޓްގެ 422 ވޭދަނަ އިންޑިއާގެ 17 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 130 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮނިހިރު ދުވަހު ވިދާޅުވީ، 15-18 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށާނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުންދާތީ، އަންނަ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުން ފެށިގެން ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ރައްކާތެރިކަމުގެ ޑޯޒް ދޭން ފަށާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 60 އަހަރުން މަތީގެ ރައްޔިތުންނާއި ކޮމޮބިޑިޓީސް ހުންނަ ރައްޔިތުންނަށް ވެސް ރައްކާތެރިކަމުގެ ޑޯޒް ލިބޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!