ޚަބަރު

ރައީސްގެ ކާރުކޮޅަށް ފެންޖެހި މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅުގެ މައްޗަށް ގެއަކުން ފެން އެއްޗެއް ބަންޑުން ކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ސޯލިހްގެ ކާރުކޮޅުގެ މައްޗަށް ގެއަކުން ފެން އެއްޗެއް ބަންޑުން ކޮށްލީ ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކުން ކަމަށެވެ. މި ހާދިސާގައި ހިނގި ވަގުތު ކާރުކޮޅުގައި ރައީސް ނެތް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މިއީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވީ ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!