ޚަބަރު

ކޮންމެ މީހަކު ޖަލަށް ލިޔަސް"އިންޑިއާ އައުޓް"ދެން ނުހުއްޓުވޭނެ: ސައީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

ދެން ކޮންމެ މީހަކު ޖަލަށް ލިޔަސް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނު ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހއ.ތުރާކުނުން އައްޑޫ ސިޓީއާ ހަމައަށް އޮތް ބޮޑު ތިލަދުންމައްޗަކީ މިއަދު ގައުމިއްޔަތުގެ ބަހެއް ކަމަށާއި އެހެންކަމުން އެތަނުގައި އިންޑިއާ މިލިޓަރީ ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ނޫޅުމަށެވެ.

އަޅުގަނޑުމެން މިއަދު ތެދުވެ މިތިބީ އިންޑިއާ އައުޓް މޭމަތި ފުރެންދެން ޖަހައިގެން ފަހަތައް ޖެހޭ ގޮތަކަށް ނޫން. ރައީސް ޔާމީން ގެންގޮސް ޖަލަށް ލައި، އަބްދުއްރަހީމް ގެންގޮސް ޖަލަށް ލައި، އަޅުގަނޑުމެން ގެންދޭ ޖަލަށް" ސައީދު ވިދާޅުވިއެވެ.

މެންބަރު ސައީދު އިތުރަށް ވިދާޅުވީ، ދިވެހިން ދެން ހިފެހެއްޓިދާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ގައުމީ ލޭގައި ދިވެހިން ތެދުވަން ޖެހޭ މިއަ ށްވުރެ ރަނގަޅު ވަގުތެއް ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!