ދުނިޔެ

އެއްމާބަނޑު ދެކުދިން ވިހެއީ ދެއަހަރު!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކެލިފޯނިއާއަށް އުފަންވި އެއްމާބަނޑު ދެކުދިންގެ އުފަން ތާރީޚް ދެ އަހަރަކަށްވެއްޖެއެވެ.

Ads by Sosun Fihaara

އެއްމާބަނޑު ދެކުދިންގެ ތެރެއިން އަލަތު ކުއްޖާ އަލްފްރެޑޯ އެންޓޯނިއޯ ޓްރޫޖިލޯ އުފަންވެފައި ވަނީ 2021 ވަނަ އަހަރުގެ އެންމެ ފަހުވަގުތުކޮޅުގައި ރާއްޖޭ ގަޑިން 23:45 (ޖީއެމްޓީ ގަޑިން 07:45) ގައެވެ. އޭނާގެ އެއްމާބަނޑު އައިލިން ޔޮލާންޑާ ޓްރޫޖިލޯ އުފަންވީ އޭގެ 15 މިނެޓު ފަހުން 1 ޖަނަވަރީ 2022 ގައެވެ.

ފުރަތަމަ ދަރިފުޅު އަލްފްރެޑޯގެ ބަރުދަނުގައި ހަ ޕައުންޑާއި އެއް އައުންސް ހުރިއިރު އޭނާގެ ކުޑަ ކޮއްކޮ އައިލިން ގައިގައި ހުރީ ފަސް ޕައުންޑާއި 14 އައުންސްއެވެ.

އެ ދެކުދިން ވިހެއި ޑޮކްޓަރު، ޑރ އާނާ އަބްރިލް އަރިއަސް އެ ކުދިންގެ އުފަންދުވަސް ސިފަކޮށްފައި ވަނީ "ކެރިއަރުގެ އެންމެ ހަނދާނުން ފޮހެނުލެވޭ ޑެލިވަރީތަކުގެ ތެރޭގައި ހިމެނޭ ޑެލިވަރީއެއްގެ" ގޮތުގައެވެ.

ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނާ ގޮތުގައި އެމެރިކާގައި އަހަރެއްގެ މައްޗަށް 120،000 ފަހަރު އެއްމާބަނޑު ދެ ކުދިން އުފަންވާއިރު، އެއީ އުފަންވާ ކުދީންގެ 3އިންސައްތަ ކުދީންނެވެ.

  1. ދެން

    މިހާރު ދައްތަކިޔަނީ ހަގުވީމަބާ؟