ޚަބަރު

ކައުންސިލް އިންތިހާބުގައި ވޯޓް ކަރުދާހުގެ އަދަދު މަދުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ވޯޓް ކަރުދާސްކޮޅުތަކެއް ޗާޕް ކުރުމުން އޮޅުންބޮޅުން ބޮޑުވެދާނެތީ އެކަން ހައްލު ކުރުމަށް ވޯޓް ކަރުދާން ޗާޕްކުރަން ނިންމާފައިވާ އަދަދު މަދުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލް އިންތިހާބުގައި ކައުންސިލަށް ހޮވާ އަންހެނުން މެންބަރުން، ކައުންސިލް މެންބަރުން، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަށް ހޮވާ މެންބަރުން، ސިޓީ ކައުންސިލަށް ހޮވާ އަންހެން މެންބަރުން، ސިޓީގެ މޭޔަރު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ. އެހެން ކަމުން އެ ހުރިހާ މަގާމަކަށް ވޯޓްލާން ނިންމީ ވަކި ކަރުދާސްކޮޅު ތަކެއްގައެވެ. މިއާއެކު ކައުންސިލް އިންތިހާބަށް 1.1 މިލިއަން ވޯޓް ކަރުދާސްކޮޅު ޗާޕް ކުރަން އޮތީ ނިންމާފައެވެ.

ވޯޓް ކަރުދާސް މަދުކުރުމުގެ މަޝްވަރާތަކަށްފަހު ވޯޓް ކަރުދާސް ޗާޕްކުރާ މިންވަރު މަދުކުރުމުން ހަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ފަސޭހަ ވެ އެވެ.

ޝަރީފް ވިދާޅުވީ ރަށްރަށުގެ ކައުންސިލް އިންތިހާބުގައި ކައުންސިލްގެ ރައީސް، ކައުންސިލްގެ އަންހެން މެންބަރުން އަދި ކައުންސިލްގެ އާންމު މެންބަރުން ހޮވުމަށް ވޯޓްލާނީ އެއް ކަރުދާހެއްގައި ނަމަވެސް ގުނާނީ ވަކި ވޯޓްތަކެއްގެ ގޮތުގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!