ލައިފްސްޓައިލް

ގެންގުޅުނު ބުޅަލަށް އަނިޔާކުރި ފިރިމީހާ ގަޔަށް ބަޑި ޖަހާ މަރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އާއިލާއިން ގެންގުޅުނު ބުޅަލަކަށް ތަކުރާރުކޮށް އަނިޔާ ކުރާތީ އެކަމާއި ރުޅި އައިސްގެން، އަންހެނަކު އޭނާގެ ފިރިމިހާ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

އެމެރިކާގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، އާއިލާއިން ގެންގުޅޭ ބުޅަލަށް އަނިޔާކުރާތީ ފިިރިމީހާ ގަޔަށް ބަޑި ޖަހާ މަރާލީ، އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ މަރީ ހަރިސަން ނަމަކަށް ކިޔާ 47 އަހަރުގެ އަންހެނެކެވެ.

މަރީ ފުލުހުންނަށް ބަޔާން ދެމުން ބުނީ، އޭނާ ފިރިމިހާ ގަޔަށް ބަޑި ޖެހީ ކޮންމެ ދުވަހަކު އާއިލާއިން ބަލަހައްޓާ ބުޅަލަށް އަނިޔާ ކުރާތީ އެ ބުޅާ އެ އަނިޔާތަކުން ސަލަމާތް ކުރުމަށެވެ. އެ އަންހެން މީހާ ބުނިގޮތުގައި، އޭނާގެ ފިރިމިހާ ބުޅަލަށް އަނިޔާ ކުރާތީ ބުޅާ ވަނީ ކުރިން ފިލާފައިކަމަށާއި ބުޅާ ފިލުމުން ހޯދާފައިވަނީ ވެސް ވަރަށް ހާލުންކަމަށެވެ. ނަމަވެސް ބުޅާ ހޯދައިގެން ގެނައުމުންވެސް ފިރިމީހާ އެ އެއްޗަށް އަނިޔާ ކުރަން ފެށުމުން ކެތް ނުވެގެން ފިރިމިހާ ގަޔަށް ބަަޑި ޖަހާ މަރާލީ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

މަރީ އޭނާގެ ފިރިމީހާ ގަޔަށް ބަަޑި ޖެހުމުން ލިބުނު ޒަހަމުތަކަށް ފަރުވާ ދިނުމަށް އޭނާ ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ. އެ ފިރިހެން މީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ކޯޓުން މަރީގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލައިފައެވެ

މިހާދިސާއާއި ގުޅިގެން މީސްމީޑިއާގައިވެސް ދަނީ ވަރަށް ބޮޑަށް ބަހުސް ކުރެވެމުންނެވެ. އެއްބަޔަކު އަންހެނުންގެ ދިފާއުގައި ވާހަކަދައްކަމުން ދާއިރު، އަނެއް ބަޔަކު ދަނީ އެ އަންހެން މީހާ ކުށްވެރިކޮށް ވާހަކަ ދައްކަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!