ޚަބަރު

ނައިޓް މާކެޓް ނުބޭއްވޭނެ ކަމަށް އެޗްޕީއޭއިން އަނެެއްކާ ވެސް އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލެ ސަރަހައްދުގައި މިހާރު ކުރިޔަށް ދާ ނައިޓް މާކެޓްގެ ތެރެއިން | ފޮޓޯ: ދެން

ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، މާލޭގައި ބާއްވަމުން ދިޔަ ނައިޓްމާކެޓް މެދު ކަނޑައިލާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަނެއްކާ ވެސް އަންގައިފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން ބުނީ ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވަމުންދާތީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރުތަކާއި، ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް، 5 ޖެނުއަރީ 2022ގައި މާލެ ސިޓީ ކައުންސިލަށް އެ އޭޖެންސީން އަންގައިފައިވާ ކަމަށެވެ.

އޭގެ ފަހުން މަޝްވަރާކުރުމަށް ފަހު 6 ޖެނުއަރީއިން ފެށިގެން ނައިޓް މާރކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ވަރަށް ގިނަ ޚަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އޭޖެންސީއިން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް 6 ޖެނުއަރީ 2022ގައި ހުއްދަ ދެވިފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެހެން ނަމަވެސް މިއަދު ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއްގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިހާރު އަންގައިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!