ޚަބަރު

ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކު ބަނގުރާ ފުޅިތަކެއް ހިފައިގެން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ގެންގުޅުނު ދަބަހަކާއި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!