ޚަބަރު

ހިޔާ ފްލެޓު ލޮބީ ސަރަހައްދުގައި މީހުން ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ޖާގަ އިތުރުކުރަނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ހިޔާ ފްލެޓު

ހިޔާ ފްލެޓްތަކުގެ ލިފްޓް ކައިރީގައި ޖާގައިގެ ދަތިކަން ދިމާވާތީ އެމައްސަލަ ހައްލުކުރުމުގެ ގޮތުން އެސަރަހައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

Ads by Hajj Corporation

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު އެ ޢިމާރާތްތަކުގައި ބޭނުންކުރުމަށް ކޮންމެ ޓަވަރެއްގައި ޤާއިމްކޮށްފައި ވަނީ 4 ލިފްޓެވެ. އަދި ލިފްޓް ހިމެނޭ ލޮބީ ސަރަހައްދަކީ ޖާގައިގެ ގޮތުން ވަރަށް ހަނި ތަނަކަށްވުމުން މީހުން ގިނަވާ ގަޑިތަކުގައި އެތަނުގައި މީހުން ތޮއްޖެހުމުގެ ސަބަބުން އެ ޢިމާރާތުގައި ދިރިއުޅޭ މީހުންނަށް ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.

އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ލިފްޓް ހުންނަ ލޮބީ ސަރަހައްދުގައި ޖާގަ އިތުރުކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ފަށައިފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ހުރި ބައެއް ފާރުތައް ތަޅައިލައި ޖާގަ އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ބައެއް ފްލެޓްތަކުގައި ފަށައިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާއި އެޗް.ޑީ.ސީން ގުޅިގެން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މި ސަރަހައްދަކީ ރައްކާތެރި އަމާން ސަރަހައްދަކަށް ހެދުމަށް ސަރުކާރުގެ އިދާރާތަކުންދަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!