ޚަބަރު އިޖުތިމާޢީ

90އިންސައްތަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޯވިޑުން ދިފާއުވުމާ ޖަހާ ވެކްސިން، 90އިންސައްތައަށް ވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފިއެވެ.

Ads by MWSC

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާއްމުކޮށްފައިވާ ކޮވިޑް-19 ވެކްސިންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ 218 ސުކޫލެއްގައި ކޮވިޑް-19 ވެކްސިނުގެ ފުރަތަމަ ޑޯޒް ވަނީ ޖަހަން ފަށައިފައެވެ. އެ ގޮތުން މިހައިތަނަށް 36،029 ކުދިން ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

މީގެ އިތުރުން 213 ސުކޫލެއްގައި ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖަހަން ފަށައިފައިވާ އިރު ޖުމްލަ 32،358 ދަރިވަރުން ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 397،033 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 368،351 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 28،085 މީހެކެވެ.

ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!