2 ޓަރޝަރީ ހޮސްޕިޓަލް ޑިޒަންކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި
ރާއްޖޭގެ ދެ ސަރަޙައްދުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން އަންނަ ޓަރޝަރީ 2 ހޮސްޕިޓަލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން ހުޅުވައިލައިފިއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ އަންނަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް ރަޖިސްޓްރޭޝަން ފޯމް ބަލައިގަތުމަށް ހުޅުވައިލައިފައިވާ ކަމަށެވެ. ޢިމާރާތް ޑިޒައިންކުރަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިން މެދުވެރިކޮށް ރަޖިސްޓްރީ ފޯމް ހުށަހެޅުމްށް މިނިސްޓްރީން ވަނީ އެދިފައެވެ.
އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޓަރޝަރީ ހޮސްޕިޓަލް ގާއިމްކުރަން ހަމަޖެހިފައި ވަނީ ހދ.ކުޅުދުއްފުށި ސިޓީއާއި ގދ. ތިނަދޫގައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 13:00ގެ ކުރިން [email protected]އަށް ރަޖިސްޓްރޭޝަން ފޯމް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ދެ ހޮސްޕިޓަލްގެ ޢިމާރާތް ޑިޒައިންކުރުމުގެ މަޝްރޫޢުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26ވަނަ ދުވަހު ހެލްތު މިނިސްޓްރީގައެވެ.
ހެލްތް މިނިސްޓްރީން ވަނީ ޓަރޝަރީ ހޮސްޕިޓަލްތަކުގެ އިތުރުން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލާއި އދ. މަހިބަދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ޢިމާރާތް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ހުޅުވައިލައިފައެވެ.
ޑިޒައިންކުރުމާއި ފިޒިބިލިޓީ ހެދުންނުންކަމެއް މިދައުރަކު ދެނެއްނުކުރެވޭނެ! ކުރާކަށް ނުވެސް އެނގޭނެ. ރައްޔިތުން އަވާގައި ޖައްސާފަ ބޭތިއްބުނު ދުވަސް މާޒީވެނިމިއްޖެ. ނަތީޖާނުނެރެވެންޏާ ޖެގޭނީ ސަލާންބުނެފަ ގެއަށްދާން!