ޚަބަރު

އޭސީސީ ނިންދަވައިފައި ސަރުކާރުގެ ކޮރަޕްޝަން މެކުހަށް ޖަހައިފި: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު -- ދެން އިމޭޖްސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންދަވައިފައި، ސަރުކާރުން ކޮރަޕްޝަން މެކުހަށް ޖަހައިފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައީދު މިހެން ވިދާޅުވީ، ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން 2010ގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުުން ވެފައިވާ އެއްބަސްވުން އުވައިލުމުން، ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސައީދު ވިދާޅުވީ، 12 އަހަރު ވީއިރު، ކޮންޓްރެކްޓް ތަންފީޒް ނުކުރީ ވެސް އެމްޑީޕީން ކަމަށާއި އެ ކޮންޓްރެކްޓް ހެދީ ވެސް އެމްޑީޕީން ކަމަށެވެ. ޓާޓާ ކުންފުންޏާ އެކު 2010ވަނަ އަހަރު ކޮންޓްރެކްޓް ހަދައިފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުންނެވެ،

"އޭސީސީ ކައްވަޅުގައި ައި، ޒީރޯ ޓޮލޮރެންސް މެކުހަށް ޖަހައިފައި މިހިރީ. 12 އަހަރުގެ ކޮންޓްރެކްޓް ތަންފީޒް ނުކުރީ ވެސް ޓާޓާއިން. ޓާޓާއަށް މޮޅު ކޮންޓްރެކްޓެއް ހެދީ ވެސް އެމްޑީޕީ. އާބިޓްރޭޝަން އެއީ އިންޑިއާ ކަމުގައި ނިންމީ ވެސް އެމްޑީޕީ. އިނާމު މިލިޔަނުން. ރައްޔިތުން އަތް ދޮންނަން ކިއުގައި. ތާހިރެއްނު" ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި މަޤާމުގެ މަސްއޫލިއްތު އަދާ ނުކުރެވޭ ކަމަށް ބުނެ އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ހުށަހަޅައިފައެވެ. އެއާ އެކު، އޭސީސީގެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!