ޚަބަރު

އަލިފާން ރޯވި ގޭގެ މީހުންނަށް ޑިޒާސްޓާއިން އެހީވެދީފި

ދެން އެމްވީ ، ދެން އޮންލައިން

ރޭ އަލިފާނުގެ ހާދިސާ ހިނގި ގ.ޕްރެސައިޑް ގޭގެ އެއްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި އުޅުނު މީހުންނަށް ޑިޒާސްޓާ މޭނޭޖްމަންޓް އޮތޯރިޓީއިން އެހީވެދީފި އެވެ.

Ads by MWSC

އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ހިސާން ހަސަން މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ، ރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އެގޮތުން އެގޭގައި ދިރިއުޅެމުން އައީ ހަ ފިރިހެނުންކަން ފާހަގަކޮށް ހިސާން ވިދާޅުވީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ ދެ ރޭގެ މުއްދަތަކަށް ކަމަށެވެ.

އަލިފާން ރޯވީ، ޕްރެސައިޑް ނަމަކަށް ކިޔާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ކަރަންޓު ޑީ ބޯޑުގައި އެވެ. މި ހާދިސާގައި އަލިފާނުގެ އަސަރު ގޭގެ ދޮންނަ މެޝިނަށް ވެސް ކޮށްފައިވާއިރު ބައެއް އަންނައުނުތައް ވެސް ވަނީ އަނދާފަ އެވެ.

އެހެންވެ ހިސާން ވިދާޅުވީ އެމީހުން އަންނައުނު ގަތުމަށް މިއަދުގެ ވަގުތެއްގައި ފައިސާގެ އެހީ ހަވާލުކުރާނެ ކަމަށާއި އެގޮތުން އޮންނަ އުސޫލުގެ ދަށުން އަންނައުނު ގަތުމަށް ފައިސާ ދޭނީ ބޮލަކަށް 1500 ރުފިޔާގެ މަގުން ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!