ޚަބަރު

ސައީދު ހަސަން ލަތީފަށް: އިންޑިއާ ސިފައިން ޖެހޭނީ ފައިބާން

  • ސައީދު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް މިހާރު އަމާޒުކޮށްލާފައި އޮތީ ރާއްޖޭގައި ދިރިއުޅެމުންދާ  އިންޑިއާގެ ހިދުމަތްތެރިންނަށް ކަމަށް ހަސަން ލަތީފު ތުހުމަތު ކުރެއްވުމުންނެވެ.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދު.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބާން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައްދު ދެއްވައިފިއެވެ.

Ads by MWSC

ސައީދު މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް މިހާރު އަމާޒުކޮށްފައި އޮތީ ރާއްޖޭގައި ދިރިއުޅެމުންދާ  އިންޑިއާގެ ހިދުމަތްތެރިންނަށް ކަމަށް ހަސަން ލަތީފު ތުހުމަތު ކުރެއްވުމުންނެވެ.

ހަސަން ލަތީފު މިފަދަ ތުހުމަތެއް ކުރެއްވިއިރު، ށ.ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއަން އައުޓް" ލިޔުނު މައްސަލަ ހޫނުވެ، އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ އިދިކޮޅު ބަދުނާމު ކުރުމަށް ޓަކައި ސަރުކާރުން ރާވައިގެން ކުރި ކަމެކެވެ.

ހަސަން ލަތީފަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިސްވެރިންނަށް އަދިވެސް ރައްޔިތުން ބޭނުން ގޮތަަކަށް ގުނބޯ ހެއްދިދާނެހެން ހީވާ ކަމަށެވެ.

"ޔޫޓީއެފް ޖެހޭނީ ކެންސަލް ކުރަން. 64 ގޮނޑި މަދީތޯ މާބޮޑަށް ހާސްވަނީ؟" ސައީދުގެ ޓްވީޓުގައި ސުވާލު ކުރައްވައިފައިވެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމަށް ބުނެ، މިކަމާ ދެކޮޅަށް ފެށި ކެމްޕެއިން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަންވުމާ އެކު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!