ޚަބަރު

އިދިކޮޅަށް ކޮޅު ބެދިއްޖެ، އެހެން ވިސްނުމަކަށް ދާންޖެހޭ: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

އިދިކޮޅު ފަރާތްތަކަށް މިއަދު ވަނީ ކޮޅު ބެދިފައިވާ މަގަކަށް ވަދެވިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އުމަރު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ވަނީ ރައީސް ޔާމީން މިއަދު ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ނެތުމުން އިދިކޮޅު ކޯލިޝަން ދާނެ މަގެއް ނޭނގޭ ފަދަ ބީދައިން ވާހަކަދައްކަވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ މިއަދު އިދިކޮޅުން ދާނެ މަގެއް ދައްކަވާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީން ނެތުމުން އިދިކޮޅު ދާންވީ މަގު ދައްކާނެ ފަރާތެއް ނެތް ކަމަށެވެ.

ސައީދުގެެ މި ވާހަކަތަކާ ގުޅިގެން އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅަށް މިއަދު ވަނީ ކޮޅު ބެެދިފައިވާ މަގަކަށް ވަދެވިފައި ކަމަށާއި ކުރިއަށް ދެވެން ނެތް އިރު ފަހަތަށްވެސް ނިކުމެވެން ނެތް ކަމަށެވެ.

"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް. މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެވިގެން" އުމަރު ވިދާޅުވިއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލުމާ ގުޅިގެން އިދިކޮޅުން ސިލްސިލާ ގޮތެއްގައި ބާއްވަން ފެށި މުޒާހަރާތައް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ކޮންމެ ރެޔަކު މިހާރު އަންނަނީ ޕީޕީއެމްގެ އޮފީހުގައި ޖަލްސާތައް ބާއްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!