ޚަބަރު

ރާއްޖޭގައި ކެންސަރު ބަލި އިތުރުވާ ސަބަބުތައް ދެނެގަނެ ހައްލު ހޯދަން ޖެހޭ: ނިހާދު

  • ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ 17 އިންސައްތަ އަކީ ކެންސަރު ބަލީގައި މަރުވާ މީހުން.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު. ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުން އަންނަ ސަބަބުތަކަކީ ކޮބައިތޯ ބަލައި، ހައްލު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ރާއްޖޭގައި ކެންސަރު ބަލި ފެތުރޭ މިންވަރާ މެދު ދިރާސާއެއް ހަދަން ޖެހޭކަން ފާހަގަކުރައްވައި ނިހާދު ވަނީ އެބަލި ފެތުރުން އިތުރުވާ ސަބަބުތައް ދެނެގަނެ ހައްލު ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނިގޮތުގައި ރާއްޖޭގެ އާބާދީގެ 84 އިންސައްތަ މީހުން މަރު ވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ. އޭތެރެެއިން 17އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ. ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރަންޖެހޭ މީހުން އިތުރުވަމުން އަންނައިރު، ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ހިންގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިންނެވެ.

Ads by HDC
  1. ޢާދަނުބެ

    ކެންސަރު ނުޖެހުނިއްޔާދެރަ ފުރަތަމަ ނިދިން ހޭލާގޮތަށް ބޮނީ ސިނގުރޭޓު ދޭތިވަރު ބޯލައިގެން ދާނީ ފާހާނަޔަށްވެސް ދިވެހިން ސިނގިރޭޓަށްދެވި ހިފާފަހުންނަވަރު ދުވާލަކު 2 ފޮށި އެބަ ބޯލަ