ޚަބަރު އިޖުތިމާޢީ

ކޮވިޑް ވޭދަނަތައް ގިނަވެ، ކުޅުދުއްފުށި މޮނިޓަރިންއަށް

  • ކުޅުދުއްފުށި ސިޓީގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 180 އަށް އަރާފައި
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހދ.ކުޅުދުއްފުށި ސިޓީ: ފޮޓޯ/ ޕީއެސްއެމް ނިއުސް

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަ ހދ.ކުުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލައިފިއެވެ.

Ads by MWSC

ކުޅުދުއްފުށި މޮނިޓަރިންއަށް ލައިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެ ސިޓީގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 180އެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލައިފައި ވަނީ ކޮވިޑް ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީއެވެ.

އެ ސިޓީގައި ޓެސްޓު ނުކުރެވި ގިނަ އަދަދެއްގެ ސުންކުތަކެއް ވެސް ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްޕީއޭއިން މިވަގުތު މޮނިޓަރިންއަށް ލައިފައިވާ ރަށްތަކުގެ އަދަދު މިހާރު ވަނީ 19އަށް އިތުރުވެފައެވެ. އެރަށްތަކަކީ:

ކ.މާފުށި

ހއ.އިހަވަންދޫ

ހދ.ނެއްލައިދޫ

ލ.ފޮނަދޫ

ހދ.ނޮޅިވަރަމްފަރު

ށ.ފުނަދޫ

ބ.ދަރަވަންދޫ

ދ.ބަނޑިދޫ

ލ.ގަން

ގދ.ގައްދޫ

ރ.އުނގޫފާރު

ހދ.ހަނިމާދޫ

ކ.ގުރައިދޫ

ބ.އޭދަފުށި

ހއ.ދިއްދޫ

ތ.ގުރައިދޫ

ބ.ގޮއިދޫ

ޅ.ކުރެންދޫ

ހދ.ކުޅުދުއްފުށި

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!