ކޮވިޑް-19: އެޗްޕީއޭއިން މިއަދު ނޫސްވެރިންނާ ބައްދަލު ކުރަނީ
- އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުން އޮތީ 13:00ގައި
ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން މިއަދު ނޫސްވެރިންނާ ބައްދަލު ކުރަން ނިންމައިފިއެވެެ.
ހެލްތު މިނިސްޓްރީން ބުނީ، މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު ފަހު 1:00ގައި ކަމަށެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލްއާއި ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރު ނާޝިޔާ އަބްދުލްޣަފޫރު ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ރާއްޖެއިން 1697 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 11،535އަށް އިތުރު ވެފައެވެ.
އިއްޔެ ފައްސިވި މީހުންގެ ތެރެއިން ވެރިރަށް މާލެ ސަރަހައްދުން ފައްސިވެފައި ވަނީ 677 މީހުންނެވެ. އަދި އަތޮޅުތެރެެއިން 680 މީހުން ފައްސިވެފައިވެއެވެ.
ބަލީގެ ޙާލަތު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ މިދަނޑިވަޅުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅައި، ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށް ވެސް ޑރ.އިބްރާހީމް އަފްޒަލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވީ މާސްކު އެޅުމާއި އަތްދޮވުމާއި ގައިދުރު ކުރުން ފަދަ އެޗްޕީއޭގެ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދީފިނަމަ، ހަރުކަށި ފިޔަވަޅުތައް ނާޅާ ވެސް ހާލަތުން އަރައިގަނެވިދާނެ ކަމަށެވެ. އަދި ފުރަބަންދު ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ގިނަ ކަންކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން އިގިރޭސި ވިލާތުގައި އަޅާފައިވާ ފިޔަވަޅު ތަށް އެގައުމުން އުވާލައިފި !