ޚަބަރު އިޖުތިމާޢީ

ތިނަދޫން މިއަދު ވެސް ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫން ރިކޯޑް އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

ތިނަދޫގެ އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށް 60 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 218 ސުންކެއް ވެއެވެ.

މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 1,212 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ. ތިނަދޫން މިހާރު 1,421 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 204 މީހުން އެބަތިއްބެވެ.

ކޮވިޑް-19އަށް ފައްސިވާ މީހުން ގިނަވާތީ ތިނަދޫ މޮނިޓަރިންއަށް ލައިފައި ވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. ތިނަދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް މިހާރު 7 ގަޑިއިރުގެ ކާފިއު ވެސް ހިންގަން ވަނީ ފަށައިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި އެއްތާވި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުން ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!