ޚަބަރު އިޖުތިމާޢީ

އައްޑޫގެ ހާލަތު އަދިވެސް ރަނގަޅެއް ނޫން، އިތުުރު 118 މީހުން ކޮވިޑަށް ފައްސި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީން އިތުރު 118 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by MWSC
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 3,420 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ ހަތަރު މީހުންނަށެވެ. އައްޑޫން މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 43،042 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 573 މީހުން ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 350އެވެ.

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!