އައްޑޫން އިތުުރު 77 މީހުން ކޮވިޑަށް ފައްސިވެއްޖެ

އައްޑޫ ސިޓީން އިތުރު 77 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 7,157 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ ފަސް މީހުންނަށެވެ. އައްޑޫން މި ބަލީގައި 16 މީހަކު ވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 50،178 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 259 މީހުން ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 137އެވެ.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.