ޚަބަރު ވިޔަފާރި

އުންމީދަކީ ބިލިޔަން ޑޮލަރުގެ ކުންފުންޏަކަށް އެމްޓީސީސީހެދުން: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސީއީއޯ އާޒިމް، ކުންފުނީގެ މުވައްޒިފުންތަކަކާއެކު.. ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ޓްރެވެލް ކޮންޕެނީ (އެމްޓީސީސީ)އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ކުންފުންޏަކީ އެއް ބިލިޔަން ޑޮލަރުގެ ކުންފުންޏަކަށް ހެދުމަށް ކަމަށް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ރާއްޖެ ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އާޒިމް ވިދާޅުވީ، ބިލިޔަން ޑޮލަރުގެ ކުންފުންޏަކަށް ހެދުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގައި އެންމެ މުހިންމު އެއް ކަމަކީ މުވައްޒިފުން ބިނާ ކުރުން ކަމަށެވެ. މިގޮތުން ރަނގަޅު ވޯކްފޯސްއެއް ޤާއިމް ކުރުމަށް، 100 މިލިޔަނާއި 150 މިލިޔަނާ ދެމެދުގެ ފައިސާއެއް ހޭދަ ކުރަން ނިންމައިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ކުންފުނި ކުރިއަރާނީ، މޮޅު މުވައްޒިފުން ތިބެގެން ކަމަށެވެ.

މީގެ އިތުރުން މުވައްޒިފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އާޒިމް ފާހަގަ ކުރެއްވިއެވެ. މިގޮތުން މީގެ ކުރިން އެ ކުންފުނީގައި 6،000 - 7،000 މަހުގެ މުސާރަ ލިބޭ މުވައްޒިފުން ތިބިކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ، މިހާރު އެމްޓީސީސީގައި 10,000 ރުފިޔާއަށް ވުރެ މަދުން ލިބޭ އެއްވެސް މުވައްޒިފަކު ނުތިބޭނެ ކަމަށެވެ.

އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޓީސީސީގެ ސީއީއޯއަކަށް އޭނާ ވުމުގެ ކުރިން، އެ ކުންފުންޏަކީ، ރައްޔިތުންގެ މެދުގައި އެހައި މަޤްބޫލު ކުންފުންޏެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު ކުންފުނީގެ މުވައްޒިފުންނާއި ސަރުކާރުން ކުރި މަސައްކަތުން، އެމްޓީސީސީގެ މަސައްކަތް އެ ރަށެއްގައި ކުރިޔަށްދާން ބޭނުން ނުވާ އެންމެ ރަށެއް ވެސް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ކުރި މަސައްކަތުން، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމާއި ޤަދަރު އެމްޓީސީސީއަށް މިއަދު މިވަނީ ލިބިފައި. ކޮންމެ ރަށަކުން ވެސް މިއަދު އެމްޓީސީސީ ގެންނަން ބޭނުންވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. މިއީ އޮވެފައިވީ ކަމެއް ނޫން. މިއީ ބަޔަކު ކުރީ މަސައްކަތް" އާޒިމް ވިދާޅުވީ ހެޔޮ ބަދަލުތަކަކާ އެކު، އެމްޓީސީސީން ބޮޑު ކާމިޔާބީއެއް ހޯދައިފައިވާ ކަމަށެވެ.

"2020 ވަނަ އަހަރު، 40 އަހަރުގެ ތެރޭގައި ހޯދުނު އެންމެ ރަނގަޅު ނަތީޖާ، އަދި އެންމެ ގިނަ ޕްރޮޖެކްޓްސް ނިމިގެން ދިޔައީ. އަދި 2021ވަނަ އަހަރު 2020އަށް ވުރެ ބޮޑަށް ފައިދާ ވެގެން ކުންފުނި ވެގެން ދިޔައީ."

އެމްޓީސީސީގެ މިދިޔަ އަހަރު ޖުމްލަ 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ލިބުނުއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 264.4 މިލިއަން ރުފިޔާއަށް އަރައިފައެވެ.

Ads by HDC
  1. ރަނގަޅު

    ފުރަތަމ ބިލިޔަން ރުފިޔާއަށް އެރުވޭތޯ ބަލާށެވެ.