ދުނިޔެ

ދެވަނަ ޑޯޒަށް އަށް މަސްވެފައިވާ ނަމަ ބޫސްޓާ ޑޯޒް ނުޖަހާ ހައްޖާއި އުމްރާއަކަށް ނުދެވޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަރ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާއަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާއިން އުސޫލު ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައި ވަނީ، ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓްރޭސިންގް އެޕް "އިމިއުން"ގައި ވެކްސިން ދީފައިވާ ސްޓޭޓަސްތަކުގެ މުއްދަތު ހަމަވާނެ ކަމަށެވެ. މީގެ މާނަކީ، ސައުދީ އަރަބިއާއިން މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ތައްޔާރު ކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަނުން، 18 އަހަރުން މަތީގެ މީހުން ވެކްސިން ފުރިހަމަ ކުރި ކަމަށް ދެން ބަލައިގަންނާނީ ވެކްސިންގެ ދެ ޑޯޒް ޖަހައި އަށް މަސް ވެފައި ވާނަމަ، ބޫސްޓާ ޑޯޒް ވެސް ޖެހުމުންނެވެ.

ސައުދީން ވަނީ އާންމުން އެއްވެ އުޅޭ ތަންތަނާއި، މުނިފޫހިފިލުވުމުގެ ތަންތަނާއި، މަތިންދާބޯޓްތަކާއި، އާންމު ދަތުރުފަތުރަށް ވަނުމަށް ތިންވަނަ ބޫސްޓަރ ޑޯޒް ޖެހުމަށް އަންގައިފައެވެ. އަދި ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް ސައުދީން ވަނީ އިލްތިމާސްކޮށްފައެވެ.

ސައުދީ ހެލްތް މިނިސްޓަރީގެ ރަސްމީ ތަރުޖަމާނުކަން ކުރައްވާ އެސިސްޓެންޓް މިނިސްޓަރ އޮފް ހެލްތު ޑރ.މުޙައްމަދު އަލް-ޢަބްދަލީ ވިދާޅުވީ އެޕިޑެމިއޮލޮޖިކަލް ކަރވްގައި ސައުދީޖް އިންފެކްޝަން ޖެހޭ މީހުންގެ ޢަދަދު މަދުކަމަށް ރެކޯޑްތަކުން ދައްކާކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!