ކޮމަންޑޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މާލޭގައި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ މާލޭގައި އިއުލާން ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލެއަށް ނަތީޖާ އިއުލާން ކުރުން ބަދަލުކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެން އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. ނަތީޖާ އިއުލާން ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ ކޮމަންޑޫގައެވެ.
އެ ކޮމިޝަނުން ވިދާޅުވީ މާލޭގައި ނަތީޖާ އިއުލާން ކުރާ ގޮތަށް ނިންމައިފައި ވަނީ ވަރަށް ގިނަ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ. ކޮމަންޑޫ ދާއިރާގައި އެންމެ ގިނަ އަދަދަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ސަރަހައްދަކީ ވެސް މާލެކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
ކޮމަންޑޫ ބައި-އިލެކްޝަނުގައި މިހާރު ބަހައްޓަން ނިންމައިފައި ވަނީ ޖުމުލަ 7 ވޯޓު ފޮށްޓެކެވެ. ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ ށ. ފޯކައިދޫ ސްކޫލް - 2 ފޮށި، ށ. މަރޮށި އިޖުތިމާއީ މަރުކަޒު - 1 ފޮށި، ށ. އަތޮޅު ތައުލީމީ މަރުކަޒު (ކޮމަންޑޫ) - 1 ފޮށި، ށ. ކޮމަންޑޫ ޕްރީސްކޫލް - 1 ފޮށި އަދި އިސްކަންދަރު ސްކޫލް - 2 ފޮށްޓެވެ.
ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
މިހާރުއްސުރެ ވޯޓުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ފެށީ.
ގޮޅާ..ގެ ވިސްނުމެއް