ޚަބަރު

ކާނަލް ނާޒިމްގެ ބައްޕަ އަވަހާރަވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ ބައްޕާފުޅު އަބްދުއް ރަޝީދު އަވަހާރަވެއްޖެއެވެ.

Ads by Hajj Corporation

އަބްދުއްރަޝީދުގެ ބޭފުޅުންގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް އެނގޭ ދެ ބޭފުޅުންނަކީ ކާނަލް ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދިމް އާޒިމް އެވެ.

އަބްދުއްރަޝީދު މިއަދު އަވަހާރަވެފައި ވަނީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

އަބްދުއްރަޝީދު އަވަހާރަވެފައި މިވަނީ އާރްސީސީގެ ހަރަދުގައި ހުޅުމާލޭގައި 1300 މީހުންގެ ޖާގައިގެ ދެ ބުރިއަށް އިމާރާތް ކުރާ މިސްކިތެއްގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. މިސްކިތެއް އިމާރާތް ކުރުމަކީ އަބްދުއްރަޝީދު އަބަދުވެސް ކުރެއްވި އުއްމީދެއް ކަމަށް އާއިލާ އިން ބުނެ އެވެ.

އަބްދުއްރަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އަބްދުއްރަޝީދުގެ ހާލުކޮޅު ގޯސްވީ އޭނާގެ ދަރިކަލުން މުހައްމަދު ނާޒިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ޓެރަރިޒަމްގެ ތުހުމަތުކޮށް ދިގުމުއްދަތަކަށް ޖަލަށްލީ ފަހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!