ދުނިޔެ

ރަޔަން ވަޅުން ނެގިއިރު އޮތީ ނިޔާވެފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ފަސް ދުވަސް ކުރިން މޮރޮކޯގައި 100 ފޫޓް ފުން ވަޅުގަނޑަށް ވެއްޓުނު އުމުރުން އެންމެ ފަސް އަހަރުގެ ރަޔަން ވަޅުގަނޑުން ނެގިއިރު އޮތީ ނިޔާވެފައި ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މޮރޮކޯގެ އޮފިޝަލުން ރަޔަންގެ މަރު ޔަގީންކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ރަޔަން ވަޅުން ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައެވެ. ރަޔަން ވެއްޓުނު ވަޅަކީ ވަރަށް ހިމަ ވަޅެއްކަމުން، ވަޅުގެ ތެރެއަކަށް ނުފޭބެއެވެ. ރަޔަން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، ވަޅުގެ އެއްފަރާތުން ކޮނެގެންނެވެ.

ޓަނަލްގެ ތެރޭގައި ރަޔަންއަށް ސްޕަޝަލިސްޓުން ވަނީ ގަޑިއިރެއް ވަންދެން ފަރުވާ ދީފައެވެ. ޓަނަލް ތެރެއަށް ޑޮކްޓަރުން ވަދެ ގަޑިއިރެއް ފަހުން ރަޔަން ނެރުނީ ރީނދޫ ފޮތިގަނޑަކަށް ލައިގެންނެވެ.

ރަޔަން ސަލާމަތް ކުރުމަށް ފަސް ބުލްޑޯޒަރު ހަރަކާތްތެރިވިއެވެ.

ރަޔަންގެ ސަލާމަތަށް އެދި ޓްވިޓަރުގައި ސޭވް ރަޔަންގެ ނަމުގައި ހޭޝްޓެގެއް ވެސް ވަނީ އާއްމު ވެފައެވެ.

ވަޅުން ރަޔަން ނެގި ވަގުތު އެ ސަރަހައްދަށް ޖަމާވެފައި ތިބި މީހުުން ވަނީ ތަކުބީރުގެ ކަލިމައިން މުޅި ސަރަހައްދު ގުގުމައިލައިފައެވެ.

Ads by Ooredoo
  1. ސާހީ

    އިއްނާ ލިއްލާހި ވައިއްނާ އިލަހި ރާޖިއޫން