ޚަބަރު

ޖަމީލް، ޖޭޕީން ވަކިވެވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް، ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

Ads by Hajj Corporation

ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ ޖޭޕީގެ މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި، އެކަން އިއްޔެ އެޕާޓީއަށް އަންގަވާފައިވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ އެ ނިންމެވުން ނިންމެވީ، މިވަގުތު ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް އެޕާޓީގައި ހުންނަވައިގެން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ ދިހަ ވަނަ ދުވަހު، ޖަރުމަނުގައި އޮތް ރަސްމިއްޔާތެއްގައި ޖޭޕީއާ ގުޅުނު ޖަމީލް މިހާރު އަންނަނީ އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، ސަރުކާރަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!