ޚަބަރު

މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއު ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަޝްރޫއު "މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓު"ގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by MWSC

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ހިންގާ މި ބިޔަ މަޝްރޫއަކީ 462 މިލިއަން ރުފިޔާ ހަރަދުކޮއްގެން ހިންގާ މަޝްރޫއެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމޭއިރު ޒަމާނީ ބައްތިތަކާއެކު ކެމެރާތައް ހަރުކުރެވޭނެ ކަމަށެވެ.

ޝިފާ ވިދާޅުވި އެ މަޝްރޫރުގެ ދަށުން މާލޭގެ މަގުތައް ހަދަމުންދާއިރު، ކޮންސްޓްރަކްޝަން ތަންތަނުން ފެން ބޭރުކުރާ ހޮޅިތައް އެތެރެއަށް ލެވިގެންދާނެ ކަމަށެވެ. އަދި ފެން ހިންދާ ނިޒާމު އިތުރަށް ރަނގަޅުކޮށް ފެންބޮޑުވުމުން ރައްޔިތުންނަށް ދިމާވާ ގެއްލުންތަކުން ސަލާމަތްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މަޝްްރޫއުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދާނީ މާފަންނު ކަނބައައިސާރަނި ހިނގުމުން ކަމަށެވެ.

މި މަޝްރޫއު ނިމޭއިރު މާލޭގެ މަގުތައް ފަސް ބަޔަކަށް ބަހާލެވިގެން ދާނެވެ. އެއީ ސެކަންޑްރީ ރޯޑްސް، ނެއިބަހުޑް ސްޓްރީޓްސް އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، އަދި ޕެޑެސްޓްރިއަން ސްޓްރީޓްސް އެވެ. މި މަގުތައް ހަދާނީ ފެނާއި ނަރުދަމާއި އަދި ކަރަންޓާއި ޑީވޯޓަރިން ފަދަ ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅުވާލެވޭނެ ގޮތަށް ކަމަށެވެ.

މި މަޝްރޫއު ނިމިގެން ދާއިރު މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ އަދި މަގުތަކުގައި އަލިފާން ނިއްވޭނެ ވަސީލަތްތަށް ގާއިމްވެގެން ދާނެ ކަމަށް އާރުޑީސީ އިން ބުނެެއެވެ. އަދި މީގެ އިތުރުން މަގުތަކުގެ ދޫވާރުތަށް ބޮޑުކޮށް ދޫވާރު ނެތް މަގު ތަކުގައި ދޫވާރު ހެދޭނެކަންވެސް އާރުޑީސީ އިން ފާހަގަކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!