ޚަބަރު ސިޔާސީ

ވާންވީ ގޮތަކީ އިންޑިއާ ސިފައިން އުޅަނދުތަކާ އެކު އަނބުރާ ދިޔުން: އުމަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ހޫނުވެފައިވާއިރު، ވާންވީ ގޮތަކީ އެގައުމުން އުޅަނދުތަކާ އެކު ރާއްޖެ އައި މީހުން އަނބުރާ ދިޔުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއް ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާއިއިރު، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ "އިންޑިއާ އައުޓް" ގޮވާއިރު، "އައުޓް" ކުރަންވީ ކޮން އެއްޗެއްކަން ވެސް ނޭނގޭ ކަމަށެވެ.

އެ ދެބޭފުޅުންގެ މި ވާހަކައާ ގުޅިގެން، ފޭސްބުކްގައި މިއަދު އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި ބަޔަކު 12 އަހަރުވާއިރު، އެކި އެކި ބަހަނާ ދައްކައިގެން ނުގޮސް ތިބެ، ރާއްޖޭގެ އެކި ކަންކޮޅަށް ފުޅާކުރަމުން ދިޔުމުން، ނުކުންނާނެ ނުބައި ނަތީޖާ ނޭނގޭނެ ދިވެއްސަކު ނެތް ކަމަށެވެ.

"މިރާއްޖޭގައި އިންޑިއާ ރައްޔިތުން ތިބެެގެން ދިވެހިން ރުޅިއައިސްގެން ނޫޅޭ. ރުޅި އައިސްގެން އުޅެނީ އިންޑިއާ ސިފައިން ތިބެގެން." އުމަރު ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތް ހުއްޓުވުމަށް ޑްރާފްޓްކުރި ބިލު މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު"ގެ ނަމުގައި ޑްރާފްޓެއް ތައްޔާރުކޮށްފައެވެ.

އަދި އެ ބިލާ މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

Ads by Ooredoo
  1. ޚަނޮޅި

    އިންޑިޔާ ސިފައިންނާއި ހެލްކޮޕްޓަރު ތިޔަ އިންޑިޔާމީހުން އަތުން ފައިސާގަޑު ކޭމީހުންގެ ގެދޮރުގާބައިތިއްބާ އޭރުން ވަރަށް ރަގަޅުވާނެ ދިވެހި ގައުމަކު ޖާގައެއްނެތް ސޮރީ މިގައުމުން ފައިބާ

  2. ރެއްކަބޭ

    ބުރުސްލިީ ހެދިފައި ކަރާޓޭ ތަޅަންއުޅުނު ޒަމާނެއްނޫންމީކީ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އުމަރުމެންނަށް ދެން ޑްރަގްވިޔަފާރިއެއް ނުކުރެވޭނެ. އެކަމާ ހިތްހަމަނުޖެހިގެން އުޅުއްވާނެކަމެއްނެތް. އުމަރުމެންގެ ވިޔަފާރި ތިއޮތީ މިހާރު ބަނގުރޫޓްވެފައި. ވޭލްސަބްމެރީން ދުއްވައިގެން ދެކޮޅުޖައްސާލާ.