އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތި ގެނައުމަށް ކެމްޕެއިނެއް ފަށައިފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެނައުމަށް ކެމްޕޭން ކުރަން ފަށައިފިއެވެ.
އިންތިއަށް ކެންޕެއިން ކުރަމުން ދަނީ "ހަސަން ކުރުސީ" ނަމުގައި އުފައްދައިފައިވާ ޓްވިޓާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ވަނީ އިންތިއަށް ތާއީދު އޮތްތޯ ބެލުމަށް ޕޯލެއް ވެސް ނަގައިފައެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށް ޓަކައި އިންތިޚާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމަށް ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އެ މަޤާމަށް ވާދަކުރައްވާނެ ކަން ހާމަކުރައްވައިފައެވެ.
އެންގްރީބާރޑް ގެންނަންވާނީ ކޮންމެހެންވެސް ތި މަގާމަށް.