ޚަބަރު

އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިން ރާއްޖެ ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާއިން އިންޑިއާއަށް ގެންދިޔަ ހަތް ދިވެހިން ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު މިއަދު އެނބުރި ރާއްޖެ އައިސްފިއެވެ.

Ads by Sosun Fihaara

އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ އިންޑިއާއަށް ގެންދިޔަ އެ ހަތް ދިވެހިން ކަރަންޓީނު ކޮށްފައިވަނީ އިންޑީ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕުގައެވެ. އެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައެވެ.

ކަރަންޓީނުކުރި ހަތް ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކެކެވެ. މި އެންމެން ވެސް ވަނީ ކަރަންޓީނު ފެސިލިޓީގައި 14 ދުވަސް ހޭދަކޮށްފައެވެ.

އެއާ އިންޑިއާގެ ފްލައިޓެއްގައި އެ ހަތް މީހުން ރާއްޖެ އައުމަށް ދަތުރު ފެށީ މިއަދު ފަތިހު 5:30 ހާއިރު އެވެ. މިއަދު 10:20 ހާއިރު ރާއްޖެ އައި ދިވެހިން އާއްމުންނާ ހަމައަށް ނެރުނީ އެއާޕޯޓުގައިވެސް ތާމަލް ކެމެރާ އިން ޓެސްޓު ކުރުމަށްފަހު އެވެ. ދިވެހިން ރިސީވް ކުރުމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުންވެސް އެެއަޕޯޓުގައި ހަރަކާތްތެރިވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!