ޚަބަރު

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ދަށަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ދަށް ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި، ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 24 މީހުންނަށެވެ. އިއްޔެ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން، 26 މީހަކަށް އައީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއަދު އިތުރު 844 މީހަކު ކޮވިޑަށް ފައްސިވިއެވެ. އެއީ މާލެ ސަރަހައްދުން ފައްސިވި 104 މީހަކާއި، އަތޮޅު ތެރެއިން ބަލި ޖެހުނު 670 މީހުންގެ އިތުރުން، ރިސޯޓުތަކުން ފައްސިވި 38 މީހުންނެވެ.

 

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 15،035އެވެ. މިބަލީގައި މިހައިތަނަށް 291 މީހަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މިހައިތަނަށް 149،734 މީހުން ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!