ޚަބަރު ވިޔަފާރި

އުރީދޫގެ އަހަރީ އާންމު ޖަލްސާ، އަންނަ މަހު ހަތެއްގައި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އުރީދޫއިން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެެއްގެ ތެރެއިން--

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

މި ޖަލްސާ އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު 8:30ގައެވެ.

އުރީދޫއިން ބުނީ، އެކުންފުނީގެ އަހަރީ އާންމު ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުގައި ކަމަށާއި މި އިވެންޓުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރި ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ އެތަނަށް ދިއުމުން ބައިވެރިވެވޭނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ، އަންނަ މަހުގެ 05ގެ ރޭގަނޑު 8:30ގެ ކުރިން، ޖަލްސާގައި ބައިވެރިވާން އެދި، ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އަދި ޖަލްސާގައި ބައިވެރިވާ ފަރާތަކީ، ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ދެގަޑި ސުންމިނެޓުގެ ކުރިން ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ވެސް ވާން ޖެހެއެވެ.

މި ޖަލްސާގައި އަމަލީ ގޮތުން ބައިވެރިވެވޭނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކުރި ފަރާތްތަކަށް އެކަންޏެވެ. އުރީދޫން މިއަހަރު ، ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ނިންމައިފައިވާއިރު، މި ނިންމުން ފާސް ކުރުން އޮންނާނީ އަހަރީ އާންމު ޖަލްސާގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!