ޚަބަރު

ގައުމީ ތަރިކަ ކޮމިޓީ އުފައްދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ދަށުން "ގައުމީ ތަރިކަ ކޮމިޓީ" އުފައްދަވައިފިއެވެ.

Ads by STELCO

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ކޮމިޓީ އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށެވެ. ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ސަގާފީ ތަރިކަ ގިންތިކުރުމާއި، ފާހަގަކުރެވޭ ސަގާފީ އަގުކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމާއި، ސަގާފީ ތަރިކަ ދަފުތަރުން އުނިކުރުމުގެ މަސައްކަތް ހިމެނެއެވެ.

ގައުމީ ތަރިކަ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

1. މުޙައްމަދު ޠާރިޤް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް؛

2. ޒިފްލީން ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

3 މުޙައްމަދު އާމިރު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް؛

4. އައްޝައިޚް މޫސާ އަންވަރު ޙަސަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުސާއިދު ވާއިޛް؛

5. ޙައްވާ ނަޒްލާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް؛

6. މުޙައްމަދު ޒާހިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް؛

7. އަލްއުސްތާޛް މުޙައްމަދު ނާޖިހު، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ރިސަރޗް އެނަލިސްޓް؛

8. ޒަހާ އަހުމަދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އާކިޓެކްޓް؛

9. އަޙްމަދު ސުޖީތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓް އިންޖިނިއަރ؛

10. ޢަބްދުﷲ އިޔާޒު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕްލޭނިންގ އޮފިސަރ؛

11. ނަސީމާ އަހުމަދު، ދިވެހިބަހުގެ ދާއިރާއަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް؛

12. މަރިޔަމް އިޝާ ޢަޒީޒް، އާކިޓެކްޓް އަދި ލިޔުންތެރިއެއް

13. ޢަލީ ޝަރީފު، އާކިޓެކްޓެއް

ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ދާއިމީ އާސާރީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމާއި، ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމާއި، ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާ ގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުމުގައި ލަފާދިނުން ވެސް ހިމެނެއެވެ.

Ads by Ooredoo
  1. ގަނީ

    އެއްކަމެއް ވެސް ވާ ތަނެއް ނޫން
    ކޮން ކޮކޮޓީއެއް ދެން
    ހަމަ ފޮނު އަރުވަނީ ތޯރގާއި ޔުމްނާ
    ފަރެސް އާމިރުމެން ތަރިކަ ދަންނަނީ ކިހިނެއް؟ އުޅޭ އޮފީސްގަނޑު ނުހންގޭ . ބޮޑު މުސާރަ ނަގަމުން ހަރާމުން ހަރަން ކުރާ ކަމެއް
    މިވާބައެއް