ޚަބަރު

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ގެއްލުނު ޒުވާނާ--

ވެރިރަށް މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދާ މީހަކީ ޅ. ނައިފަރު/ ޑޭޒީހިޔާ، އަޙްމަދު ވިއާމް ކަމަށެވެ. ވިއާމަކީ އުމުރުން 23 އަހަރުގެ މީހެކެވެ.

ވިއާމް ގެއްލިގެން، އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހައިތަނަށް ކުރެވުނު މަސައްކަތުން އެ މީހާ ހޯދިފައެއް ނުވެއެވެ.

އަޙްމަދު ވިއާމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo
  1. ރަށު މީހެއް

  2. ޢަބްދުއްލަޠީފު

    އޭނަ ރާއްޖޭގަ ހުރިކަން ޔަގީން ކޮއްބަލަ. އަނެއްކާ ޑްރަގް ނެޓްވޯކަކުން ހައިޖެކް ކުރީބާ