ޚަބަރު ސިޔާސީ

އެމްއެމްޕީއާރްސީއާ އެކު ސަރުކާރުން ވަނީ ކޯލިޝަން ހަދައިފައި: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިސަރުކާރުން ވަނީ އެމްއެމްޕީއާރުސީއާ އެކު ކޯލިޝަން ހަދައިފައިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސައީދު މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގުކޮށް، ދައުވާ ނުކުރެވޭ ނަމަ ދައުލަތް ފެއިލްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތަހުގީގު ބޭރުގެ ބަޔަކަށް ކޮންޓްރެކްޓު ކުރަން އެ މަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަތް ކަމަށެވެ.

މިކަމާ ގުޅިގެން ސައީދު ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރުސީއާ އެކު ކޯލިޝަން ހަދައިފައިވާ ކަމަށެވެ. އަދި މިއަދު ސަރުކާރު ނަގަހައްޓައި ހިފަހައްޓަމުން ދަނީ ވެސް އެމްއެމްޕީއާރުސީން ކަމަށާއި އެތެރޭގެ އިންތިޚާބުތަކުގެ ނަތީޖާ އަންނަ ގޮތަކުން އެ ވާހަކަ އެކި ގޮތްގޮތަށް ބަދަލުވަމުންދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތެވެ. މި ޚިޔާނާތް ބެލުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

Ads by Ooredoo
  1. ފުވއްމުލަކުމީހާ

    ސަޢީދުއައްރަގަޅެނުންތިވެސްއޭގެބަތާހަރާމީއެއް