ޚަބަރު ސަރުކާރު

މަސައްކަތް ކުރާ ހިތްވިޔަސް، މިނިސްޓަރަކަށް ވާން ބޭނުމެއް ނޫން: ޖެންޑަރ މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ވަޒީރު ކަމުގެ ފަތްކޮޅު އަރުވަނީ-- ފޮޓޯ/ ރައީސް އޮފީސް

ގައުމަށް ހިދުމަތް ކުރުމަށް ޓަކައި މަސަައްކަތް ކުރައްވާ ހިތްވިޔަސް، މިނިސްޓަރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީއިން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެކަމަނާއަކީ ސިޔާސީ ކަންކަމަށް ވެސް ޝައުގުވެރިކަން ހުންނަ ބޭފުޅެއް ނޫން ކަމަށެވެ.

"ޖެންޑަރ މިނިސްޓަރު ކަމާ ހަވާލު ނުވެވުނު ނަމައެކޭ، ކޮންމެހެން ހިތަކަށް ނުއެއް އަރާ. އެކަމަކު ވެސް، އުނދަގޫ ވަގުތުތައް ދޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިޔާސީ ކަންކަމުގައި އެކަމަނާއަކީ އަބަދުވެސް ވަަރަށް "ޑިޕްލޮމެޓިކް" ބޭފުޅެކެވެ. އެހެންވެ، ގާތް މީހުންނާ އެކު އޮންނަ ގުޅުމަށް، އެކަމުގެ ސަބަބުން ބައެއް ފަހަރަށް ހުރަސް އެޅޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އާންމު ދިރިއުޅުމުގައި ކަސްރަތު ކުރެއްވުމަށް ސަމާލުކަން ދެއްވާކަން ވެސް ހިއްސާ ކުރައްވައިފައެވެ. އަދި އެއީ ކޮންމެހެން ރީތި ހަށިގަނޑެއްގެ ބޭނުމުގައި ކުރައްވާ ކަމެއް ނޫން ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ކުރައްވާ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!