ޚަބަރު

ކުލީގެ މައްސަލަ ހައްލުވާނީ މާލެ ފުރިއްޖެ ކަމަށް ގަބޫލު ކުރުމުން: އަލީ ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ ކުލީގެ މައްސަލަަ ހައްލުކުރުމަށް މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ މިހެން ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާތީ އެކަމާ ގުޅިގެނެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން އިއްޔެ ހަވީރު ވަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންގޮސްފަ އެވެ.

މާލޭގެ ކުލީގެ މައްސަލާގައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުަޑަކުރުމާއެކު މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން ކަމަށެވެ.

އަދި މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުން ވެސް މުހިއްމު ކަމަށާއި މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރުމަކީ ވެސް ކުލީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

މާލޭ ޓެނަންޓްސް ޔޫނިއަނުން ބުނާގޮތުގައި މާލޭގެ އާބާދީގެ 63 ޕަސެންޓަކީ ކުއްޔަށް ދިރިއުޅޭ މީހުންނެވެ. އަދި ކުލި ކޮންޓްރޯލް ނުކޮށްފި ނަމަ މާލޭގައި ދިރިއުޅޭ ގިނަ ބައަކު ފަގީރުކަމާއި ނިކަމެތިކަން އިހްސާސްކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވުން އޮތީ ދުރުގައި ނޫން ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!